ޑައިމޯފިން ޓްރެފިކް ކުރި މީހަކު ހޯދަނީ

ޚަބަރު ފަހުގެ

ޑައިމޯފިން ޓްރެފިކްކުރުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

މި މައްސަލައިގައި ހޯދަން އިއުލާން ކޮށްފައިވަނީ އަޙްމަދު އަޙްސަން، ފެހިވިނަ / މ. މުލި (24އ) އެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ، އަޙްމަދު އަޙްސަން ހޯދަމުންދަނީ އޭނާގެ މައްޗަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޑަައިމޯފިން ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 މާރިޗު 18 ވަނަ ދުވަހުގެ 09:30 އަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އަޙްމަދު އަޙްސަން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ