ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސޮފިޤުލް އިސްލާމް، ބަންގްލަދޭޝް (44އ)އެވެ. އޭނާ މިހާރު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 5 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކޮށް އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރުމުގެ ތެރެއިން 18 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މީހާ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަވާއިރު، ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.