“ނޫރު” މަދަހަ މުބާރާތު ފައިނަލަށް އިތުރު ފުރިހަމަކަމެއް ގެނެސް ދިނުމަށް ޝަލަބީ މޮޅަދޫއަށް

ޚަބަރު ފަހުގެ

މޮޅަދޫ ކައުންސިލްގެ އިސްނެގުމުގެ ދަށުން، ހއ. މޮޅަދޫ ޑަބުލިއު.ޑީ.ސީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ “ނޫރު މަދަހަ މުބާރާތް” ގެ ދެވަނަ ސީޒަން ފައިނަލް ރައުންޑަށް އިތުރު ފުރިހަމަކަމެއް ގެނެސް ދިނުމަށް ގިނަ ދިވެހިންތަކެއްގެ ހިތްތައް ފަތަހަ ކޮށްފައިވާ ޝަލަބީ އިބްރާހިމް މޮޅަދޫއަށް އައުމަށް ހަޖެހިއްޖެއެވެ.

ޝަލަބީ މޮޅަދޫއަށް އައުމަށް ހަމަޖެހިފައިވަނީ މޮޅަދޫ ނޫރު މަދަހަ މުބާރާތުގެ ގެސްޓް ޖަޖެއެއްގެ ގޮތުގައެވެ. މި މުބާރާތުގެ ފައިނަލް ރައުންޑް އޮންނާނީ މާދަމާ ރޭ 21:00 ގައި މޮޅަދޫ ސްކޫލްގައެވެ. މި މުބާރާތް ދަނީ މޮޅަދޫ ކައުންސިލް ފޭސްބުކުން ވަގުތުން ދުރަށް ފޮނުވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

56 ބައިވެރިންނާއިއެކު މި މުބާރާތް ފަށާފައިވަނީ މިމަހުގެ 5 ވަނަދުވަހުއެވެ. މިމުބާރާތް ކުރިއަށް ގެންދަނީ 4 އުމުރުފުރައަކަށް ބަހާލައިގެންނެވެ. ފުރަތަމަ ރައުންޑްގައި، ކޮންމެ އުމުރުފުރައަކުންވެސް އެންމެ މަތިން މާކުސް ލިބުނު 3 ބައިވެރިން ހޮވާފައިވެއެވެ. އެބައިވެރިންނަކީ:
* ނުވަ އަހަރުން ދަށް:
1 ވަނަ: އަޒާން އިބްރާހިމް / ތަރިވިދާގެ، ހއ. މޮޅަދޫ
2 ވަނަ: އީޝާ ބިންތު ހާމިދު / ފުނަ، ހއ. އިހަވަންދޫ
3 ވަނަ: ރަވާން އަހްމަދު ރައޫފް / ކަނދުމާގެ، ހއ. ހޯރަފުށީ

* ތޭރަ އަހަރުން ދަށް:
1 ވަނަ: ސަރާ އަހްމަދު ޖިނާހް / އަސްރަފީގެ، ހއ. މޮޅަދޫ
2 ވަނަ: މުހައްމަދު ޔޫޝައު ބިން އަހްމަދު / ބިއުޓީނައިޓް، ހއ. މޮޅަދޫ
3 ވަނަ: ޝަމްއާ ޝާހިދު / އަމަން، ހއ. ހޯރަފުށި

* ސޯޅަ އަހަރުން ދަށް:
1 ވަނަ: ލޫތް އަބްދުﷲ ވަހީދު / ލުމިނަސް، ހއ. މޮޅަދޫ
2 ވަނަ: ލާރާ ބިންތު ރިފާއު / ހުވަނދުމާގެ ހއ. މޮޅަދޫ
3 ވަނަ: މަރިޔަމް ޒާރާ ރަމީރު / ތަރިވިދާގެ، ހއ. މޮޅަދޫ

* ސޯޅަ އަހަރުން މަތީގެ އުފުރުފުރާ:
1 ވަނަ: ހައްވާ ޝިއުފާ ހުސައިން / ހާސިލް، ހއ. މޮޅަދޫ
2 ވަނަ: ހަސަން ޝިޔާމް / ބަގީޗާގެ، ހއ. މޮޅަދޫ
3 ވަނަ: މުހައްމަދު ނިޝާމް / ފިނިވާގެ، ހއ. މޮޅަދޫ

މި މުބާރާތުގައި އެއްވަނަ ބައިވެރިޔާއަށް 5000ރ، ދެވަނަ ބައިވެރިޔާއަށް 2500ރ އަދި 3 ވަނަ ބައިވެރިޔާއަށް 1500ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މިމުބާރާތުގެ 1 ވަނަ ދެވަނަ އަދި 3 ވަނަ ކަނޑައަޅާނީ، ކޮންމެ އުމުރުފުރައަކުންވެސް އެންމެ މޮޅު 3 ބައިވެރިން ފައިނަލް ބުރުގައި ވާދަކޮށް އެންމެ މަތިން މާކުސް ހޯދާ 3 ބައިވެރިންގެ ތެރެއިންނެވެ.

ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މިދިއަ ރަމަޟާން މަހުއެވެ. ފުރިހަމަ އިންތިޒާމް ތަކަކާއިއެކު އަދި މޮޅަދޫގެ ރައްޔިތުންގެ ބޮޑު ތަރުހީބަކާއިއެކު ކުރިއަށްދިއަ އެމުބާރާތުން އެއްވަނަ ހޯދީ މޮޅަދޫ ބަގީޗާގެ ހަސަން ޝިޔާމްއެވެ. ޝިޔާމް ވަނީ މިއަހަރުގެ މުބާރާތުގެވެސް ފައިނަލް ރައުންޑަށް ދަތުރުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ