32 ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރަން ވެމްކޯއަށް

ޚަބަރު ފަހުގެ

ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާ ވަޞީލަތްތަކާއި އެކަމަށް ބޭނުންވާ އިމާރާތްތައް 32 ރަށެއްގައި އެޅުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފިއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި ވެމްކޯއާ ދެމެދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

އިޝްތިހާރު
އިޝްތިހާރު

މަސައްކަތް ކުރިއަށް ގެންދިއުމަށް ވެމްކޯއާ ހަވާލުކުރި 34 ރަށް:
• ހއ. ދިއްދޫ
• ހއ. ހޯރަފުށި
• ހއ. އިހަވަންދޫ
• ހއ. ވަށަފަރު
• ހދ. ކުޅުދުށްފުށި
• ކ. ދިއްފުށި
• ކ. ގާފަރު
• ކ. ގުޅި
• މ. މަޑުއްވަރި
• މ. ނާލާފުށި
• މ. ރަތްމަންދޫ
• މ. ވޭވަށް
• ފ. ބިލެއްދޫ
• ފ. ދަރަބޫނދޫ
• ފ. ފިއަލި
• ތ. ދިޔަމިގިލި
• ތ. ގާދިއްފުށި
• ތ. ހިރިލަންދޫ
• ތ. ކަނޑޫދޫ
• ތ. ވޭމަންޑޫ
• ތ. ވިލުފުށި
• ލ. ހިތަދޫ
• ލ. އިސްދޫ
• ލ. ކަލައިދޫ
• ލ. ކުނަހަންދޫ
• ލ. މާބައިދޫ
• ލ. މާމެންދޫ
• ލ. މާވަށް
• ލ. މުންޑޫ
• ގދ. ތިނަދޫ
• ޏ. ފުވައްމުލައް
• ސ. ހުޅުމީދޫ
• ދ. ހުޅުދެލި
• ދ. މީދޫ

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި މި މަސައްކަތް ހުރިހާ ރަށެއްގައި ނިންމާލުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ