ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށް، އެ މީހުންނާއި ގުޅުން ހުރި ތަންތަން ބަލާ ފާސް ކުރަމުންދާ ކަމަށް ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހުންނާއި ގުޅުން ހުރި ތަންތަން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
“މި އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން، މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު، ހާމަކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،”. ފުލުހުންގެ ބަޔާނުގައި ވެއެވެ.