ސީއެސްސީގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

ޚަބަރު ފަހުގެ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ފެށުމަށްޓަކައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

އިބްރާހިމް ރަޝީދު ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ނަމަވެސް ކޮމިޓީގެ ފަރާތުން މަޖިލިސް ތަޅުމަށް އެ މައްސަލަ ހުށަހެޅުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލިސް ރައީސް ކޮމިޓީއަށް އަލުން އެ މައްސަލަ ފޮނުވާނެއެވެ. އޭނާ ވަކިކުރުމަށް ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވާނީ، އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ދިފާއުގައި ކޮމިޓީގައި ވަކާލާތު ކުރުމަށް ފުރުސަތު ދިނުމަށްފަހުގައެވެ.

ސީއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސީއެސްސީގެ ނައިބު ރައީސްގެ ހައިސިއްޔަތުން އިބްރާހިމް ރަޝީދު ކޮށްދެއްވި މަސައްކަތްތަކައް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އޭނާގެ ލީޑާޝިޕުގެ ސަބަބުން ސީއެސްސީއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ