ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެހާހަށް ވުރެ ގިނަ ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މެލޭޝިއާއިން އިއްޔެ ރާއްޖެ އައި ތިން ޕަސެންޖަރެއްގެ ލަޖެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައިވާ ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ކަސްޓަމްސްއިން އަތުލައިގެންފައި ވަނީ ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭހެން 2،062 އައިޓަމެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
ނެނޯ ސްޓިކް – 1،714
ޓެރިއާ ސްޓިކް – 200
ކެލިބަން ކާޓްރިޖް – 96
ވީޓޭޖް ކާޓްރިޖް – 50
ވޭޕް ފްލޭވަ ލިކުއިޑް (ފުޅި) – 2
ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.