އިމިގްރޭޝަން ކޮންޓްރޯލަރަކަށް ކުރީގެ ސީޕީ ފަސީހު އައްޔަންކޮށްފި

ޚަބަރު ފަހުގެ

އިމިގްރޭޝަން ކޮންޓްރޯލަރުކަމުގައި ހުންނެވި މުޙައްމަދު ޝަމްއާން ވަހީދު މިރޭ މަގާމުން ވަކިކުރުމާއެކު، ހަމަ މިރޭ އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ 3:35 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަގާމަށް ފަސީހު މިރޭ އައްޔަންކުރައްވައިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ އެ މަގާމަށް އައްޔަންކުރައްވައިފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ހީނާ ވިދާޅުވިއެވެ.

ފަސީހު ޕޮލިސް ކޮމިޝަނަރުކަން ކުރެއްވީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއާއެކު މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕޮލިސް ބޯޑުގެ މެންބަރުކަމަށް ވެސް ޑިސެމްބަރު 12، 2022ގައި އައްޔަންކޮށްފައިވެއެވެ.

ކުއްލި ގޮތަކަށް މިރޭ މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކާއެކުގައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ.

އޭގެ ކުރިން ޝަމްއާން އިމިގްރޭޝަންގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނަމަވެސް، މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތެރޭ ޝަމްއާން ހުންނެވީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ