ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު 10 މީހުން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 10 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރި 10 މީހުންގެ ތެރެއިން ގަނެޝް ބޮންމާލީ، ޕީޓާ ވިނި، ޕްރަބަކަރަނަ ނާގަރާޖަން، އެޑްރިއަންސްޔާ އަދި މުހައްމަދު އިކްބަލް މަކްމުރު ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. އޭގެއިތުރުން ސަރަން ޕަދްމަން، ނަސްވަން އަދިލް، ރޯމަންސް ސަންތިޔާ ފެނާންޑޯ އަދި ގޮވްސިކް ރާޖް ޖޭމްސް ނޮކްސްގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހައިދިނީ އެއް ދުވަހެވެ.

އިޝްތިހާރު
އިޝްތިހާރު

ކަނޑުމަގުން ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި އިންޑޮނީޝިއާއަށް ނިސްބަތްވާ މީހުންނެވެ.

ތުހުމަަތުގައި ހައްޔަރުކުރި މީހުން:

  • ގަނެޝް ބޮންމާލީ 22، – އިންޑިއާ
  • ޕީޓާ ވިނި 28، – އިންޑިއާ
  • ޕްރަބަކަރަނަ ނާގަރާޖަން 35، – އިންޑިއާ
  • އެޑްރިއަންސްޔާ 25، – އިންޑޮނީޝިއާ
  • މުހައްމަދު އިކްބަލް މަކްމުރު 30، – އިންޑޮނީޝިއާ
  • ޑަތްކިލޭ ދަރްޝަން ވިޖޭ 22، – އިންޑިއާ
  • ސަރަން ޕަދްމަން 26، – އިންޑިއާ
  • ނަސްވަން އަދިލް 30، – އިންޑޮނީޝިއާ
  • ރޯމަންސް ސަންތިޔާ ފެނާންޑޯ 58، – އިންޑިއާ
  • ގޮވްސިކް ރާޖް ޖޭމްސް ނޮކްސް 30، – އިންޑިއާ

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ