މިއަހަރު ކިޔޫގައި ތިބި އެންމެންނަށް ހައްޖަށް ދެވޭނެ: ރައީސް ޑރ. މުއިއްޒު

ޚަބަރު ފަހުގެ

މި އަހަރު ހައްޖުގެ އަޅުކަން އަދައިކުރަން ކިއުގައި ތިބި އެންމެނަށް އެ ފުރުސަތު ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވީ ނަމަވެސް ފަރުޟު ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރުކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެއިތުރުން ދާދިފަހުން ސަރުކާރުން ވަނީ އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭ ގޮތަށް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނެސްފަ އެވެ. ރާއްޖެ އިން މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.

އަދި ހައްޖު ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ