ހިންމަފުށީ ރިހިބިލިޓޭޝަން ސެންޓަރަށް ޖާގަ އިތުރު ކުރަނީ

ޚަބަރު ފަހުގެ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ ހިންމަފުށީ ރިހިބިލިޓޭޝަން ސެންޓަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ދޭ މަރުކަޒުތައް އިތުރުކޮށް އެ ތަންތަނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތައް މީގެ ކުރިން ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެ ތަންތަން މަރާމާތުކޮށް ފަރުވާ ދެވޭނެ ޖާގަ އިތުރުކުރުމަށްޓަކައި މިހާރު ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ރާޝިދު ވިދާޅުވި ގޮތުގައި ހިންމަފުށީ ސެންޓަރުގެ މިހާރުގެ ޖާގައަކީ 200 މީހުން ކަމަށެވެ.

އެހެންވެ މިހާރުގެ ޖާގަށް އިތުރު އިތުރު 500 މީހުންގެ ޖާގަ އިތުރުކުރެވޭނެ ކަމަށާއި މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި މިހާރު ޖާގަ 1،000 އިތުރު ކުރެވޭނެ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.

ރާޝިދު ވިދާޅުވި ގޮތުގައި 450 ޖާގަ ޚާއްސަކުރަނީ ފަރުވާއަށް ބޭނުންވާ ކުދިންނަށެވެ. ބާކީ 50 ޖާގަ ޚާއްސަ ކުރަނީ ޑުއަލް ޑައިގްނޯސިސް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ.

ރާއްޖޭގައި ޖުމްލަ ހަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހިންގަމުން އަންނަ އިރު ސެންޓަރުތަކުން އެއްފަހަރާ ފަރުވާ ދެވެނީ ގާތްގަނޑަކަށް 570 އެއްހާ މީހުންނަށެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ