ތިން ރަށެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

އަތޮޅުތެރޭގެ ތިން ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރުމަށް ދެވިހިފާފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން އާރުޑީސީއާ ހަވާލުކޮށްފި އެވެ.

އެންޑީއޭއާ އާރުޑީސީއާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ލ. ގަމާއި، ނ. ވެލިދޫގެ އިތުރުން ކ. ކާށިދޫގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖްތަމައުން ބާކީކޮށްލުމަށްވުރެ އެެމީހުން މުޖްތަމައުގައި ބައިތިއްބައިގެން ފަރުވާ ދިނުމަކީ މި މައްސަލައަށް އޮތް މުހިންމު ހައްލެއް ކަމަށެވެ.

ކޮމިއުނިޓީ ބޭސްޑް ގޮތަށް ރިހެބިލިޓޭޓްކޮށް، އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އެ ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތުދީ ހަދައިގެން، އަނބުރާ މުޖުތަމަޢަށް ބޭނުންތެރި ކުދިންގެ ގޮތުގައި ގެނައުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން،”ރައީސް ވިދާޅުވެފައި ވެއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ