މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފި

ޚަބަރު ފަހުގެ

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މެދު ރާއްޖޭގެ އަތޮޅުތަކަށެވެ. އެގޮތުން މެދު ރާއްޖޭގެ 8 އަތޮޅަކަށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ. މެޓް އޮފީހުން ސަމާލު ނެރެފައިވަނީ ހެނދުނު 10:45 އިން މެންދުރުފަހު 14:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިގަޑީގައި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މޫސުން އަލިވާނީ މިމަހުގެ 11 ވަނަ ދުވަހުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރިއަށް އޮތް 2 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ