މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް އާ ޑިރެކްޓަރ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފި

ޚަބަރު ފަހުގެ

މޯލްޑިވިއަން ބްލަޑް ސާވިސެސް (އެމްބީއެސް) ބުނީ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 17 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމުގެ އަސާސީ މުސާރަ އަކީ މަހަކު 21884ރ. އެވެ. މީގެ އިތުރުން މަގާމުގެ އެލެވަންސްގެ ގޮތުގައި މަހަކު 12534ރ. އާއި ހާޒިރީ އެލެވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަހަކަށް 339ރ. ވެސް ލިބޭނެ އެވެ. އަދި އެހެނިހެން އެލަވަންސްގެ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ސީއެސްސީން ބުނީ ޑިރެކްޓަ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޮވާނީ ކުރިމަތިލާ މީހުންގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ. އިންޓަވިއު ބާއްވާނީ މި މަހުގެ 20 އާއި އަންނަ މަހުގެ 15 އާ ދޭތެރޭގަ އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ