ކ.ތުނބަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފްއިން ބުނީ ކ. ތުނބަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
“އަލިފާން މިހާރު ވަނީ އެ ރަށުގައި ތިބި މީހުން ނިއްވާލާފައި“ މާގިނަ ތަފްސީލެއް އަދި ހާމަނުކޮށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ތުނބަފުށި ނުވަތަ ޗަމްޕާގިރިއަކީ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އަށް މަސްވެރިކަމާ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ