މިރޭ ކުރުމަށް ހަމަޖެހިފައިވާ މެންޓަނަންސް މަސައްކަތަކާއި ގުޅިގެން ފަވަރަ ޚިދުމަތަށް ވަގުތީ ބުރޫއެރުމެއް އަރާފާނެކަމަށް ފަވަރައިން ބުނެފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތަންފީޒުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ފަވަރައިން މިއަދު ކުރި ޕޯސްޓެއްގައި ބުނިގޮތުގައި މި ވަގުތީ ބުރޫއެރުން އަންނާނީ މިރޭ މެންދަމު 12:00 އިން ފެށިގެން ފަތިހު 3:00 އާ ހަމައަށެވެ.
އަދި މި ވަގުތުގައި ފަވަރަ މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް ފަވަރައިންބުނެފައިވެއެވެ.
ފަވަރަ ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭއިރު ފަވަރަ ރިކުއެސްޓް މެދުވެރިކޮށްއަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ.