ފަސް ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ ދޫކުރަން ނިންމައިފި

ޚަބަރު ފަހުގެ

އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން، މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފަސް ސިޔާސީ ޕާޓީއަކަށް ޖުމްލަ 27،911،256 ރުފިޔާ ދޫކުރުމަށް ނިންމާފައިވެއެވެ. މި ފައިސާ ދޫކުރެވޭނީ ސިޔާސީ ޕާޓީތައް ހިންގުމަށް ބޭނުންވާ ޚަރަދުތަކަށެވެ.

ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ޕާޓީތަކަކީ:
1. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
2. އަދާލަތު ޕާޓީ (އޭޕީ)
3. ޖުމްހޫރީ ޕާޓީ (ޖޭޕީ)
4. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)
5. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)

އިޝްތިހާރު
އިޝްތިހާރު

މި ޕާޓީތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވަނީ، 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކުރި އިރު، ޤާނޫނުގައި ބަޔާންކުރާ ގޮތުން މަދުވެގެން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ފައިސާ ދޫކުރުމަށް ނިންމާފައިވަނީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައި، ބޮލަކަށް 193.23 ރުފިޔާގެ މަގުންނެވެ. މި ގޮތުން ޖުމްލަ 144،808 ޕާޓީ މެންބަރުންނަށް ފައިސާ ދޫކުރެވޭނެއެވެ.

ކޮންމެ ޕާޓީއަކަށް ދޫކުރެވޭ ފައިސާގެ އަދަދާއި، އެ ޕާޓީތަކުގެ މެންބަރުންގެ އަދަދު:
1.. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް: 13.3 މިލިއަން ރުފިޔާ (68،968 މެންބަރުން)
2. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 8.4 މިލިއަން ރުފިޔާ (43،755 މެންބަރުން)
3. ޖުމްހޫރީ ޕާޓީ: 2.6 މިލިއަން ރުފިޔާ (13،826 މެންބަ (13،826 މެންބަރުން)
4. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 1.7 މިލިއަން ރުފިޔާ (9،210 މެންބަރުން)
5. އަދާލަތު ޕާޓީ: 1.7 މިލިއަން ރުފިޔާ (9،049 މެންބަރުން)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: