ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާ “ސޭފް ހޯމް” ފެސިލިޓީ ތަރައްގީކުރުމަށް ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން މި ބިން އެޗްޑީސީން ވިއްކާފައި ވަނީ ފެމިލީ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ ހުކުމުގައިވާގޮތުން ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1) ގެ ބިން ވިއްކާފައިވަނީ 31.5 މިލިއަން ރުފިޔާއަށެވެ.
އަދި މި އަދަދަަށް އެ ބިން ފިނޭންސް މިނިސްޓްރީއަށް ވިއްކުމަށް އެޗްޑީސީން ހުށަހަޅާފައިވާ މައްސަލާގައި މިނިސްޓްރީން އެ ފައިސާ ދައްކައި އެއްކޮށް ހަލާސްކޮށްފައިވާތީ އެ ބިމުގެ މިލްކުވެރި ފަރާތަކީ މިހާރު މިނިސްޓްރީ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
ހުކުމުގައިވާގޮތުން ފިނޭންސް މިނިސްޓްރީން ގަނެފައި ވަނީ 10،000 އަކަފޫޓުގެ ބިމެކެވެ.
ސޭފް ހޯމްއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ހަދާ ތަނެކެވެ.