މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު ޒަހަމުވެއްޖެ

ޚަބަރު ފަހުގެ

ޓްރެއިނިން މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވާ ދަރިވަރަކު ވަރަށް ބޮޑަށް ޒަހަމުވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި އެ އެކްސިޑެންޓުގައި ޒަހަމުވެފައި ވަނީ އަބްދުލް މާނިއު، ހދ. ހަނިމާދޫ އެވެ. އެ ހާދިސާގައި މާނިއުގެ މޫނަށާއި އަތުގެ އިތުރުން ވެސް ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ.

މާނިއު ޕައިލެޓްކަން ކިޔަވަމުންދާތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ. މި ނޫހުގެ ފަރާތުން މާނިއުއަށް އަވަސް ޝިފާއަކަށް އެދެމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ