އައްޑޫސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވާ ގޮތުގައި ފޭދޫ ލިންކްރޯޑުގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް މިރޭ އިރާކޮޅު (7:29 ހާއިރު) ލިބިފައިވެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ޒުވާނާ، ސ. ފޭދޫ އުލްފަތު އިބްރާހިމް ސިޔާދުއަށް އަނިޔާވެގެން ސިއްހީމަރުކަޒަށް ގެންދެވުނު ކަމަށާއި އޭނާ ސިއްޙީމަރުކަޒަށް ގެންދެވުނުއިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މަޢުލޫމާތުދެއްވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ. ކާރު ދުއްވަން އިނީ ގދ. ފިޔޯރީ ޒުވާނެއް ކަމަށްވާ މުޙައްމަދު މާހިލް މުމްތާޒް އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ