ޚަބަރު ފަހުގެ

ފިލިޕީންސްގެ އެއާ ވޯކްސް އޭވިއޭޝަން އެކަޑަމީގައި ޕައިލެޓް ތަމްރީނު ހަދަމުންދަނިކޮށް މަތިންދާ ބޯޓްގެ ބުރަފަތީގައި ޖެހި އަނިޔާވި ދިވެހި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް އެ އެކެޑެމީން ބުނެފި އެވެ.

އެއާވޯކްސް އޭވިއޭޝަން އެކެޑަމީން ޕައިލެޓް ޓްރެއިނިން ހަދަމުން ދަނިކޮށް އަނިޔާވީ ހދ. ހަނިމާދޫ، އަބްދުލް މާނިއުއަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އެކަޑެމީން ބުނީ އެ މައްސަލަ ފިލިޕީންސްގެ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ތަހުގީގުކުރަމުން އަންނާތީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ތިން ދުވަހަށް ފްލައިޓް އޮޕަރޭޝަން މެދުކަނޑާލާފައިވާނެ ކަމަށެވެ.

އަދި އަނިޔާ ލިބުނު ދިވެހި ދަރިވަރު އާންމު ހާލަތަކަށް އަންނަންދެން ފުރިހަމަ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ އެކެޑެމީން ވަނީ ދީފަ އެވެ.

މީގެއިތުރުން އެ އެކަޑެމީގެ އެންމެ އިސް ވާޖިބަކީ ތަމްރީނުގެ ފެންވަރާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި އެފަދަ ހާދިސާއެއް ދެން ނުހިނގާނެ ފަދައަކުން ކަންކަން ތަރުތީބު ކުރަމުން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެ ދަރިވަރުގެ އާއިލާއަށް ގުޅައި ހާލު ބަލާފައިވާނެ ކަމަށެވެ. އަދި އެ ދަރިވަރުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ހަލީލު ވަނީ ވިދާޅުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ