މިނިވަންކަމުގެ ދަންމަރު އުފުލައިދެނީ ދިވެހި ސިފައިން – ރައީސް

ޚަބަރު ފަހުގެ

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ތަހްނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ މުއައްސަސާގެ އޭރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.

މާތްވެގެންވާ އިސްލާމްދީނާއި، މި ވަޠަނުގެ މުސްތަޤިއްލުކަމުގެ ޙައްޤުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށާއި ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ޙާޞިލްކުރުމަށް މިކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމީ ސިފައެއްގައި ރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިގެންދިޔައީ މީލާދީން 1892 ވަނައަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ