މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ ހޫނުވެެފައި ވަނިކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީން ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށް، ދާއޫދު އަހްމަދު ސަސްޕެންޑްކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ނަމަވެސް “ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ”ގެ ރައީސްކަމުގެ މަގާމުން ދާއޫދު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޓީން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ އަންހެން މީހާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ އަންހެން ކުއްޖާ އާއި ރައުދު ވެސް އެ ރޭ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.