މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށައިފި

ޚަބަރު ފަހުގެ

މެލޭޝިއާގައި ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފަށައިފި އެވެ.

މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް މިއަދު ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ އައިޑީ ކާޑު އަދި ޕާސްޕޯޓު ދެ ފަރާތަކާ ހަވާލުކުރައްވައިފަ އެވެ. މިއީ ރާއްޖޭއިން ބޭރުގައި މި ޙިދުމަތް ދޭން ފެށި ފުރަތަމަ ޤައުމެވެ.

މެލޭޝިއާގެ އިތުރުން، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ