ގެއްލިގެން ހޯދި ދޯނި ފެނިއްޖެ، އޭގައި ތިބި މީހުންގެ ހާލު ރަނގަޅު- ޕޮލިސް

ޚަބަރު ފަހުގެ

އިއްޔެގެ ވަގުތެއްގައި ގެއްލިގެން ހޯދި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯނި މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެގަގައި ބުނެފައިވަނީ އެ ދޯނި ފެނިފައިވަނީ ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ކަމަށް ކޯސްޓް ގާޑުން މައުލޫމާތުދީފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ދޯނި ވަނީ އިންޖީނު ހުއްޓިފައި ކަމަށާއި ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދޯނީގައި ތިބި މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެ ދޯންޏަކީ މިމަހު 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެކެވެ. އެ ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ