ޖުމްލަ ފަސް ޓީމާއި އެކު ހަނިމާދޫ ކައުންސިލުން އިންތިޒާމް ކުރާ، ހަނިމާދޫގެ މުއައްސަސާތަކުގެ ފުޓްސަލް ކަޕް 2025 މިއަދު ހަވީރު ފަށައިފިއެވެ. މި މުބާރާތް ފައްޓަވައިދެއްވީ ހަނިމާދޫގައި ކުޅިވަރަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ދާއިރާއިން ޚިދުމަތް ކޮށްދެއްވަމުންގެންދަވާ ޢަބްދުލް ރައުފޫ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅެފައިވަނީ އެއަރޕޯޓް އަދި ކައުންސިލެވެ. މި މެޗުގައި 11 ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. މިމެޗު ކާމިޔާބު ކޮށްފައިވަނީ އެއަރޕޯޓް ޓީމުންނެވެ. އެޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ނައުފަލް ޢަބްދުލް ރައުފޫ 2 ލަނޑު، ހުޒާމް ޢަބްދުލް ރަހީމް 3 ލަނޑު އަދި އަބޫބަކުރު ސިއްދީގު ވެސްވަނީ 3 ލަނޑު ޖަހަދީފައެވެ. މީގެ އިތުރުން މޫސާ ކައުޔަސް ކައިލް އަދި އަޙްމަދު މުޖުތަބާ ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. އަދި ކައުންސިލް ޓީމުގެ ޢަބްދުﷲ ރަޝީދު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މިމެޗުގައި މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ އެއަރޕޯޓް ޓީމުގެ ޖާރޒީ ނަންބަރ 18 އަބޫބަކުރު ސިއްދީ އެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ މޯލްޑިވިއަން އަދި އެމްއެންޑީއެފް އެވެ. މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު 4-1 ލަނޑު މެޗު ކާމިޔާބު ކޮށްފައިވަނީ އެމްއެންޑީއެފް އެވެ.
އެމްއެންޑީއެފް ޓީމުން ލަނޑުތައް ޖަހާފައިވަނި ޙުސައިން ރަޝީދު، ރައުޝަދު ޙުސައިން، އަދި އިބްރާހީމް ތާޢިފް އެވެ. ޙުސައިން ރަޝީދު ވަނީ ދެ ލަނޑު ޖަހައިދީފައެވެ.
ހުސެން ރަސީދު، ރައުސަދު ހުސެން އަދި އިބުރާހިމް ޠައިފު އެވެ. ހުސެން ރަދީދު ވަނީ ދެލަނޑު ޖަހައިދީފައެވެ. މޯލްޑިވިއަށް ޓީމުން ހަމަ އެކަނި ކާމިޔާބު ކުރި ލަނޑު ޖަހައިދީފައިވަނީ މުޙައްމަދު މަފާޒުއެވެ. މިމެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ އެންމެންޑީއެފް ގެ ޙުސައިން ރަޝީދު އެވެ.
މާދަމާ ރޭ ވެސް މި މުބާރާތުގެ 02 މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި 20:15 ގައި ބައްދަލު ކުރާނީ އެއަރޕޯޓް އަދި މޯލްޑިވިއަން އެވެ. ދެވަނަ މެޗުގައި 21:15 ބައްދަލު ކުރާނީ ކައުންސިލް އަދި ފެނަކައެވެ.