ހުއްދައާ ނުލާ މާލޭގައި މުޒާހަރާ ކުރެވޭ 4 ސަރަހައްދެއް ކަނޑައަޅައިފި

ޚަބަރު ފަހުގެ

މާލެ ސަރަހައްދުގައި ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް ދާހިލީ ސަލާމާތާއި ފަންނިޔަތާއި ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ނެރުނު އިއުލާނުގައިވާގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަޙައްދުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު އެ ވުޒާރާއިން ކުރި އިއުލާނެއްގައި ވަނީ މީގެ ކުރިން ސުލްހަވެރި މުޒާހާރާތައް ކުރެވޭނީ އެންމެ ސަރަހައްދެއްކަމުގައި ވިޔަސް، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ 4 ސަރަހައްދެއް ކަނޑައަޅާފައިވާ ކަަމަށެވެ.

އެ ސަރަހައްދުތަކަކީ

* ހެންވޭރު ކާނިވާ ސަރަހައްދު
* ރަސްފަންނު ސަރަހައްދު
* މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
* އުސްފަސްގަނޑު ސަރަހައްދު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ