25 ފެބުއަރީ 2025 ން 25 އޭޕްރީލް 2025 ށް ސިޓީ އަލީމްސް ކެފޭގައި ކުރިއަށް ގެންދިޔަ ރަމަޟާން ޕްރޮމޯޝަންގެ ނަސީބު ވެރިން ހޮވާ އެފަރާތަކަށް ކަނޑައެޅިފައިވާ އިނާމް ހަވާލު ކޮށްފިއެވެ.
މި ނަސީބުވެރިން ހޮވާފައިވަނީ އިއްޔެ އެ އކެފޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި ނަސީބުވެރިން ހޮވުމަށް ކޫޕަން ނަންގަވައި ދެއްވީ 23 އަހަރަށް ވުރެ ގިނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަންކޮށް ދައުލަތުން ޤައުމީ އިނާމު ދެއްވާފައިވާ ހދ. ހަނިމާދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިބުރާހިމް ޢަލީ އެވެ.
މި ޕްރޮމޯޝަނުގައި 1 ވަނަ އިނާމަކަށް ދީފައިވަނީ އިންޑިޔާ ދެކޮޅުދަތުރެވެ. 2 ވަނަ އިނާމަކަށް 55 އިންޗި ސްމާޓް ޓީވީ އެއް ދިންއިރު 3 ވަނަ އިނާމަކަށް ދީފައިވަނީ އޮޓޯ މެޝިނެކެވެ.
ޕްރޮމޯޝަންގެ ގުރުއަތުން އިނާމު ހާސިލް ކުރި ފަރާތައް
• 3 ވަނަ : މުޙައްމަދު އަލީ A141799
• 2 ވަނަ: ސަހްނީ (ބަނގުލަދޭސް ރައްޔިތެއް)
• 1 ވަނަ: ފަޒީނާ ފާރޫޤް A223656
ސިޓީ އަލީމްސް ކެފޭ އިން މި ޕްރޮމޯޝަން ލިބުނު ތަރުހީބަށް ބަލައި މިފަދަ އެހެން ޕްރޮމޯޝަންތަކެއްް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެކަމަށް އެ ކެފޭއިން މަޢުލޫމާތު ދެއެވެ.