އޮރެންޖް ހިޔާގައި ޤާއިމުކުރި ތެލެސީމިއާ ސެންޓަރު ހެލްތް މިނިސްޓްރީއާއި ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލޭ އޮރެންޖް ހިޔާގައި ޤާއިމުކުރި އައު ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި، މިއަދު އެމްއެންޑީއެފުން މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފިއެވެ.

މިކަން އެމްއެންޑީއެފުން ހާމަކޮށްފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި އެތަން ހުޅުވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ދިމާކޮށް، މިއަދުއެވެ. އެމްއެންޑީއެފާ މި މަސައްކަތް ހަވާލުކުރެވުނީ މާޗް މަހުގެ 28 ވަނަ ދުވަހު، ޤައުމީ އިސްކަމެއްގެ ގޮތުގައެވެ.

ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން، އެމްޓީސީސީން ވަނީ އެ ސެންޓަރު ކައިރީގައި ބަސް ހުއްޓިއެއް ޤާއިމުކޮށްފައެވެ.

އޮރެންޖް ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ސިފައިންނާއި ހަވާލު ކުރީ ފުރަތަމަ އެމަސައްކަތް ހަވާލުކުރި ކުންފުނިން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދިއުމުންނެވެ. މުއްދަތު ހަމަވާން ކައިރިވިއިރުވެސް އެކުންފުނިން ނިންމާފައިވަނީ މަސައްކަތުގެ ދެބައިކުޅަ އެއްބައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ