ހަނިމާދޫ ކައުންސިލް މުއައްސަސާތަކުގެ ފުޓްސަލް ކަޕް 2025 ގެ ތަށި ޓީމް އެއާޕޯޓުން އުފުލާލައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ޖުމުލަ ފަސް ޓީމާއި އެކު ހަނިމާދޫ ކައުންސިލުން އިންތިޒާމް ކުރި، ހަނިމާދޫގެ މުއައްސަސާތަކުގެ ފުޓްސަލް ކަޕް 2025 ތަށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އުފުލާލައިފިއެވެ.

އެއާޕޯޓުން ފައިނަލް މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިން ފެނަކަ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެއާޕޯޓް ޓީމްގެ އަބޫބަކުރު ސިއްދީޤް އެވެ.

އިޝްތިހާރު
އިޝްތިހާރު

ފޮޓޯ: ޢަބްދުﷲ ނާޞިރު/ގޮށްކޮޅު

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެއާޕޯޓް ޓީމްގެ އަލީ ހުސައިން، އަބޫބަކުރު ސިއްދީޤު، ފެނަކަ ޓީމްގެ ނޫރުﷲ ތޯހާ، ފެނަކަ ޓީމްގެ އާލިފް އިބްރާހީމްގެ އިތުރުން އެމްއެންޑީއެފްގެ ގޯލު ބެލެހެއްޓި ހުސެއިން އަހްމަދެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މި މުބާރާތުގައި ވާދަކޮށްފައިވަަނީ ހަނިމާދޫ ކައުންސިލް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ހަނިމާދޫ ފެނަކަ، މޯލްޑިވިއަންގެ އިތުރުން އެމްއެންޑީއެފް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ