އާދަމް އިބްރާހިމް ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ހދ. ނޮޅިވަރަން، ސުހާނީ، އާދަމް އިބްރާހިމް (34 އ) އެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރުފަހު 2:00 ހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އާދަމް އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައި ނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 10:25 ހާއިރު ކަަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވެއެވެ. އަދި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތްދަނީ ކުރަމުންނެވެ.

އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ