ނުވަ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން ޢިމާރާތްކުރަން ފެނަކަ އަށް

ޚަބަރު ފަހުގެ

ނުވަ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރަން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފް އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފްއެވެ.

އިޝްތިހާރު
އިޝްތިހާރު

ފެނަކަ އާއި ހަވާލުކުރެވުނީ ދެ ރަށެއްގައި ޞިއްހީ މަރުކަޒުގެ އައު އިމާރާތް ކުރުމަށެވެ އަދި 7 ރަށެއްގައި އެކްސްޕެންޝަން މަސައްކަތް ކުރުމަށެވެ.

އޭގެ ތެރޭގައި ހއ. މުރައިދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތުގެ އަގަކީ 9،784،584.78 ރުފިޔާއެވެ. ހއ. ތަކަންދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތަށް ހަރަދުވަނީ މަސައްކަތުގެ އަގަކީ 10،429،490.50 ރުފިޔާއެވެ.

މީގެ އިތުރުން ހއ. މޮޅަދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހިމެނޭއިރު، މި މަސައްކަތަށް ހަރަދުވަނީ 27499999.99 ރުފިޔާއެވެ. އަދި ހދ. ނޭކުރެންދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތަށް ހަރަދުވަނީ 9،294،071.84 ރުފިޔާއެވެ.

ރ. ކިނޮޅަސް ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތަކާއި، ރ. ފައިނު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތުގެ އިތުރުން، ރ. ރަސްމާދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތްވެސް ހިމެނެއެވެ.

މީގެ އިތުރުން ރ. މަޑުއްވަރީ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތަށް 28،579،999.99 ހަރަދުވާއިރު، ދ. ރިނބުދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތަށް ހަރަދުވަނީ 12،272،606.19 ރުފިޔާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ