މޯލްޑިވިއަން އަށް އަލަށް އިތުރު ކުރާ މަތިންދާ ބޯޓު “އެމްއެސް 1617” ގެ ޓެސްޓް ފްލައިޓަށް ތައްޔާރުވެއްޖެއެވެ.
މި ބޯޓު މިހާރު އޮތީ ފްރާންސްގެ ޓުލޫސްގެ އޭޓީއާއު ޑެލިވަރީ ސެންޓަރުގައެވެ.
މި މަތިންދާ ބޯޓުގެ ޗީފް ޕައިލެޓަކީ ކެޕްޓަން އަބްދުﷲ ނާފިޒެވެ. އޭނާއާ އެކުގައި އޭޓީއާރު ޗީފް ޓެސްޓް ޕައިލެޓް ބައިވެރިވާނެއެވެ.
މޯލްޑިވިއަނުން އަންނަނީ 16 ޑޮމެސްޓިކް އެއާޕޯޓަކަށާއި ބޭރު ދުނިޔޭގެ ބައެއް ގައުމުތައް ކަމުގައިވާ އިންޑިއާ، ޗައިނާއަށް ދަތުރުކުރަމުންނެވެ. މި އެއާލައިންގައި 25 މަތިންދާބޯޓު ހިމެނެއެވެ. އެގޮތުން އޭ320 މަރުކާގެ ބޯޓަކާއި އޭ330 މަރުކާގެ ބޯޓެއް ހިމެނޭ އިރު، ދެން ހިމެނީ ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރާ މަތިންދާބޯޓުތަކެވެ.
އޭގެ ތެރޭގައި ޑޭޝް8 މަރުކާ އާއި އޭޓީއާރު އަދި ޑީސީ-6 ޓުވިން އޮޓާސް މަރުކާގެ މަތިންދާބޯޓުތައް ހިމެނެއެވެ