އެޗްޑީސީގެ ޗެއާމަންގެ މަޤާމަށް ޝަހީރު އައްޔަންކުރައްވައިފި

ޚަބަރު ފަހުގެ

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އަހްމަދު ޝަހީރު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަންއިން ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު ހަމަޖައްސައިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޑީސީ ގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވި ޝަހީރު ކުރީން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގަ އެވެ. އެ މަގާމަށް ޝަހީރު އައްޔަނު ކުރެއްވީ މިދިޔަ އަހަރު އެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމުން ވަކި ކުރައްވާފަ އެވެ.

ޝަހީރަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ އެންމެ ހިދުމަތްތެރި މުވައްޒިފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ކުންފުނީގެ ވަރަށް ގިނަ މަގާމުތައް ފުުރުއްވާފައިވެ އެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޝަހީރު ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުުރުއްވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ