އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް އައިޝާ ނޫރައިން ޖަނާހު އައްޔަނުކޮށްފި

ޚަބަރު ފަހުގެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް – އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ހ. ސީސައިޑް އަލްފާޟިލާ އައިޝާ ނޫރައިން ޖަނާހު ވަނީ އައްޔަނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުން ބުނެފައިވަނީ ނޫރައިން މިމަޤާމަށް އައްޔަންކުރައްވާފައިވަނީ 29 މެއި 2025 ގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)އެވެ. އޭނާ ވަނީ މިދިޔަ ޖަނަވަރީ މަހު އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނޫރައިންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ދަރިކަނބަލުންނެވެ.

މި ސަރުކާރުގައި، މީގެ ކުރިން ނޫރައިން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންކަން ކުރައްވައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޕްރިންސިޕަލް އެޑްވައިޒަރި މުޙައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރުގައެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ.

ނިއުޒިލެންޑްގެ އެކި ޓްރަސްޓީ ބޯޑުތަކުގައި މެމްބަރުކަން ކުރައްވާފައިވާ ނޫރައިން ވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. އަދި އޭނާ އަކީ 10 އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެންޓެކެވެ. ނޫރައިން ވަނީ 2015 ވަނަ އަހަރު “ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް” ވެސް ހޯއްދަވައިފައެވެ. އަދި އޭނާ ވަނީ “އޮތެންޓިސިޓީ އެން ޒެޑް” ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެ

ދެއްވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ