އަންނަ ޖޫން މަހު އެކަކުން ފެށިގެން އައިނު ހައްދަން އާސަންދައިން ދޭ ރުފިޔާ 2،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކަން އިއުލާނުކުރެއްވީ، ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާގައެވެ.
އެ ހަފުލާގައި ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތަށް ރައްކާކުރެވޭ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚަރަދުކޮށްދޭނެ ކަމަށެވެ.
ދެ އަހަރުން އެއް އަހަރު އައިނު ހައްދަން ލިބޭ 1،000 ރުފިޔާ ދެ ބޮޑުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން، އެކަމަށް ޓަކައި ބޭނުންވާ ހަދަން ޖެހޭ ހުރިހާ ހިސާބުތަކެއް ހަދާ ނިންމައި މިހާރު ދޭ ރުފިޔާ ބޮޑުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ޖޫން އެކަކުން ފެށިގެން އައިނު ހައްދަންދޭ 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރެވިގެންދާނެ. އެއީ މިގޮތަށް ސޭވްކުރާ ސޭވްކުރުމުން ރައްޔިތުންނަށް ކޮށްދޭ ކަމެއް” ރައީސް
ނަމްބަރު އައިނު ހައްދަން ޖެހޭ މީހުންނަށް އާސައިންދައިން ލިބޭ 1،000 ރުފިޔާގެ އިތުރުން ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.