މިއަންނަ މަހުން ފެށިގެން ކަރަންޓުގެ އަގު ކުޑަކުރަން ރައީސް ނިންމަވައިފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް އަންނަ މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރައްވަން އެ ކުންފުނިތަކުގައި އެދިވަޑައިގެންފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ރައީސް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގާ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދު ވެސް ހިމަނުއްވައިފަ އެވެ.

 

އެއީ:

 

* ބޭންޑް، 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25

* ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50

* ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50

* ބޭންޑް 301-400: މިހާރު ނަގާ ރޭޓު 2.50- އާ ރޭޓް 1.50

* ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66

*ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20

* ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ

ރޭޓް: 3.83

ރާއްޖޭގައި ކަރަންޓުގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނައީ 2009 ގަ އެވެ. އޭގެ ކުރިން ތިން ބޭންޑަކަށް ކަރަންޓުގެ އަގުތައް ހުރި ނަމަވެސް ސަރުކާރުން 2009 ވަނަ އަހަރު ގެނައި ބަދަލުގެ ދަށުން ވަނީ ހަތް ބޭންޑަކަށް ޓެރިފް ބައި ކޮށްފަ އެވެ. އޭގެ ފަހުން 2016 އަދި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނެސްފައި ވެ އެވެ. އެކަމަކު، ޖުމްލަކޮށް ޓެރިފްތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ކަރަންޓަށް ބިލް ކުރަނީ ބޭނުންކުރާ ނިސްބަތުން ޓެރިފް ރޭޓުތަކަށް ބަލައިގެން، ބޭންޑުތަކަށް އަގުކޮށްގެންނެވެ. ކަރަންޓުގެ އަގު ކަނޑައެޅުމުގައި ބޭންޑުތަކެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ، އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ކުޑަ އަގެއް ހިމަނައިގެން ބިލްކުރުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ