ޖެނުއަރީ 19 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތު ރޭ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ވަނީ ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓާއި ހަނދާނީފިލާ ހަވާލުކޮށް ދެއްވީ ޕްރޮސިކިއުޓަ ޖެނެރަލް އައްބާސް ޝަރީފެވެ.
މި ތަމްރީން ކޯހުގައި ޖުމްލަ 210 ފުލުހުންގެ ތެރެއިން 196 ފުލުހުން ރޭ ކާމިޔާބުކަމާ އެކު ވަނީ ކޯސް ނިންމާލާފައެވެ. އެއީ 162 ފިރިހެން ފުލުހުންނާއި 48 އަންހެން ފުލުހުންނެވެ.
މި ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓެބަލް ހުސެއިން ތާއިމެވެ. އޭނަ އަށް ކޮމިޝަނާ އޮފް ޕޮލިސްގެ އެކްސެލެންސް އެވޯޑު ވަނީ ލިބިފައެވެ.
ފުލުހުންގެ އަސާސީ ތަމްރީނުގެ 39 ވަނަ ބުރު އައްޑޫގައު ރޭ ނިންމައިލި އިރު، މީގެ 40 ވަނަ ބުރު ދ. ވާނީގައި މިދިޔަ މަހުން ފެށިގެން ކުރިއަށް އެބަދެ އެވެ. މި ބުރުގައި 138 ފުލުހުން ބައިވެރިވެއެވެ.