މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރުމާ އެކު، އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމީ އެތައް ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.
ރައީސް ވިދާޅުވީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، މާދަމާ އިން ފެށިގެން ނަންބަރު އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2،000ރ. އަށް ބަދަލުވާނެ ކަމަށެވެ.
“މީގެ އެޑްވާންޓޭޖް ނެގުމުގެ ފުރުސަތެއް ނުދޭނަން ޕްރައިވެޓް ސެކްޓާ އަކަށް، 1000ރ. އިން 2000ރ. އަށް ހެދީމައި ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުދޭނަން، އައިޖީއެމްއެޗްގައި އަޅުގަނޑުމެން ފަށާނަން އައިނު ބިޒްނަސް” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަށް މިހާރު އެންމެ މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދޭ ނިކަމެތިކަން މި ގައުމުން ފިލުވާލުން ކަމަށެވެ.
“އެހެންވެ ރާއްޖެއިން ސިނގިރޭޓް ބިޒްނަސް ހުއްޓާލަން ނިންމީ، އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްހަތު” ރައީސް ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި ސިއްހީ ދާއިރާ ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ދެވަނަ ސިޔާސަތު ކަމަށް ވަނީ ރައީސް ވިދާޅުވިއެވެ. އޭގެ ފަހުގައި ބޯހިޔާވަހިކަން، ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
“ސިއްހީ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ގުޅިލާމެހިފައި އޮތް ކޮމަން ކަމެއް” ރައީށް ވިދާޅުވިއެވެ.
ވަށާޖެހޭ ގޮތެއްގައި ސިއްހީ ދާއިރާ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ، މިހާރުވެސް ރާޢްޖޭގެ އެކި ކަންކޮޅުތަކުގައި ހަތަރު ބިލިއަން ރުފިޔާގެ ސިއްހީ މަޝްރޫއުތައް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ،