ޔުމްނު ވެއްޓުނު ހާދިސާގެ ރިޕޯޓު ދެ ހަފުތާ ތެރޭގައި ރައީސަށް އެރުވޭނެ: ކޮމިޝަން

ޚަބަރު ފަހުގެ

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހަގީގަތް ހޯދަން އެކުލަވައިލި ރިޔާސި ކޮމިޝަނުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ދެ ހަފުތާ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކުރާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސީ ކޮމިޝަނަކީ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ އުފެއްދެވި ތިން މެމްބަރުންގެ ހާއްސަ ކޮމިޝަނެކެވެ.

އެ ކޮމިޝަން އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ