މާލޭގައި ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުހުން ބުނީ ޝަޙީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ހިނގި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ މެންދަމުން އަލިވެ 03:10 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ބަންގްލަދޭޝް މީހާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި، އެ މީހާއަށް ފަރުވާދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް އެ މީހާއަށް ހަމަލާދިނީ ކޮންބައެއް ކަމެއް އަދި ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.