ބެންކޮކް ދެކޮޅު ޓިކެޓް ލިބޭ ސިޓީ އަލީމްސް ކެފޭގެ އީދު ޕްރޮމޯޝަން ފަށައިފި

ހަނިމާދޫ ފަހުގެ

1446 ވަނަ އަހަރުގެ އަޟްޙާ އީދާ ދިމާކޮށް ސިޓީ އަލީމްސް ކެފޭއިން އަޟްޙާ އީދު ޕްރޮމޯޝަން ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 2025 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި 50 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮމޯޝަންގައި 1 ވަނަ އިނާމުގެ ގޮތުގައި ބެންކޮކް ދެކޮޅު ޓިކެޓް ލިބިގެންދާއިރު، ދެވަނަ އިނާމަކީ ސޯފާ ސެޓެކެވެ. އަދި ތިންވަނަ އިނާމުގެ ގޮތުގައި ބައިސްކަލެއް ލިބިގެންދާނެއެވެ.

މީގެ ކުރިން، 2025 ފެބުރުއަރީން 25 އިން އޭޕްރީލް 25 ގެ ނިޔަލަށް ސިޓީ އަލީމްސް ކެފޭގައި ކުރިއަށް ގެންދިޔަ ރަމަޟާން ޕްރޮމޯޝަންގެ ނަސީބުވެރިން ވަނީ ހޮވާފައެވެ. އެ ފަހަރު އެއްވަނަ އިނާމުގެ ގޮތުގައި ދީފައިވަނީ އިންޑިއާ ދެކޮޅު ދަތުރެކެވެ. ދެވަނަ އިނާމުގެ ގޮތުގައި 55 އިންޗީގެ ސްމާޓް ޓީވީއެއް ދިން އިރު، ތިންވަނަ އިނާމުގެ ގޮތުގައި ދީފައިވަނީ އޮޓޯ މެޝިނެކެވެ.

ސިޓީ އަލީމްސް ކެފޭއަކީ ހަނިމާދޫގައި ހަމައެކަނި 24 ގަޑިއިރު ޚިދުމަތްދޭ ކެފޭއެވެ. މި ތަނުން ތަފާތު ބާވަތްތަކުގެ ކެއުންތައް ލިބެން ހުންނައިރު، ކޮފީގެ އެކި ވައްތަރުތައްވެސް ލިބެން ހުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ