ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 500އަށްވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަފާތު އެކި އޮޕަރޭޝަންތައް ފުހުން ހިންގާއިރު، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފަ ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްވެސް އެ ޚިދުމަތުން އަންނަނީ ކުރައްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޓޯ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެއް މޭ 31 ވަނަ ދުވަހު ނައްތާލާފައިވާ ކަމަށެވެ. އެގޮތުން، ޖުމްލަ 568 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ނައްތާލި އުޅަނދުތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.