ލ. އަތޮޅުގައި ބޭއްވި އޭއެފްސީ ސީ ލައިންސަންސް ކޯސް ނިންމާލައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން ލ. ފޮނަދޫގައި ކުރިޔަށް ގެންދިޔަ އޭއެފްސީ “ސީ” ލައިސެންސް ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ލ. އަތޮޅު ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިޔަ މި ކޯހުގައި ކިޔަވައިދިނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ މުހައްމަދު ޝާޒްލީ އާއި އަލީ ނިސްތާރު މުހައްމަދެވެ. މި ކޯހުގައި 16 ބައިވެރިން ބައިވެރިވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނީ ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓުން ކުރިޔަށް ގެންދިޔަ މި ކޯހަކީ އަންނަ އޮތް ޖީލުގެ ފުޓްބޯޅަ ކޯޗުން ކުރިއަރުވާ ބާރުވެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ފުޓްބޯޅަ ކޯޗުން ތަމްރީނުކުރުމަށް ދާދިފަހުން ވަނީ ކ. އަތޮޅުގައިވެސް މިފަދަ ކޯހެއް ކުރިޔަށް ގެންގޮސްފައެވެ. ކޯޗުން ތަމްރީނު ކުރުމަކީ ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ