މެއި މަހުގެ ބިލު ތައްޔާރު ކުރީ އަގުހެޔޮ ޓެރިފް ރޭޓުގައި: ސްޓެލްކޯ

ޚަބަރު ފަހުގެ

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ.

މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޓެލްކޯއިން ބުނީ، ރައީސް މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއް ވެސް ތައްޔާރުކުރެވިގެން ދާނީ އައު ޓެރިފް ރޭޓްތަކަށް ކަމަށެވެ.

ކަރަންޓުގެ ޓެރިފް ރޭޓަށް ސަރުކާރުން ގެނައި ބަދަލު:

* ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 އިން 1.25 އަށް ބަދަލުވާނެ
* ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 އިން 1.50 އަށް ބަދަލުވާނެ
* ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 އިން 1.50 އަށް ބަދަލުވާނެ
* ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 އިން 1.50އަށް ބަދަލުވާނެ
* ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 އިން 2.66 އަށް ބަދަލުވާނެ
* ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 އިން 3.25 އަށް ބަދަލުވާނެ
* ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 އިން 3.83 އަށް ބަދަލުވާނެ

ގޭބިސީތަކުގެ ކަރަންޓު ބިލުގެ ޓެރިފް ރޭޓް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން އިއުލާން ކުރެއްވީ މެއި 30 ވަނަ ދުވަހެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ