މާމިގިލިން މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މި މީހުން ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާމިގިއްޔަށް ނިސްބަތްވާ ފަސް މީހުންނެވެ. އެއީ، އެރަށު ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި ކުވައިތު، މުޙައްމަދު މަޙްމޫދު (34އ) އަދި އެވަރެސްޓް، ޢަލީ ޝާނީޒް (39އ) އެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި އެ ފަސް މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން ހަތް ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އާއި މުޙައްމަދު މަޙްމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި އަޙްމަދު ފިރުޝާން އާއި މުޙައްމަދު ޝަހުދުގެ އިތުރުން ޢަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ