ފުނަދޫ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފި

ޚަބަރު ފަހުގެ

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައީއޭސް) އިން މިއަދު ނެރުނު ނޯޓިހެއްގައި ބުނީ އެ އެއާޕޯޓްގެ އޮޕަރޭޝަންސްތައް ވަގުތީ ގޮތުން މެދުކަނޑާލީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. އެހެންވެ އެ މައްސަލައާ ހެދި ފުނަދޫ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ނުބޭއްވޭނެ ކަމަށް ބުންޏެވެ.

އައިއޭއެސް އިން ބުނީ މިކަމާ ގުޅިގެން ދަތުރުތަކަށް ބުރީ އެރި މީހުންނަށް ގޮތްތަކެއް ހަމަޖައްސައި ދޭން މަސައްކަތް ކުރަމުންއަންނަކަމަށެވެ. އަދި މިކަމާ ގުޅިގެން މައާފަށް އެދޭ ކަމަށް ވެސް ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވެ އެވެ.

ފުނަދޫ އެއާޕޯޓް ހުޅުވީ 2020 ގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ