ހޯމަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ: މެޓް

ޚަބަރު ފަހުގެ

އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

މެޓުން މިފަދައިން އިލްތިމާސްކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. މެޓުން ބުނީ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮންނަ ފަސް ދުވަހު ވެސް ރާއްްޖޭގެ ސަރަހައްދުގައި ކަނޑުތައް ގަދަވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން، އާންމު ގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

އީދު ބަންދާއި ގުޅިގެން ގިނަ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައިވާއިރު، އީދު ޗުއްޓީ ނިމެނީ ހޯމަ ދުވަހަށެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ