ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޝެއިހް އަވަހާރަވީ މެލޭޝިޔާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް މެލޭޝިއާގެ އެއާޕޯޓަށް ފޭބި ތަނާއެވެ.
ޝައިހް ފަރީދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމުގެ އިތުރުން އިސްލާހީ ހަރަކާތްތަކުގައިވެސް އިސް ސަފުން ފެނިގެންދިޔަ ސަހުސެކެވެ. މި ފަހުން ހަރަކާތްތެރިވި މަންޒަރު ފެނިގެންދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ޖަމުޢިއްޔާއެއްގެ އިސް ރޯލަކުންނެވެ