މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ

ޚަބަރު ފަހުގެ

މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

”މިގޮތަށް ޓޯ ކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން،“ ފުލުހުންގެ މީޑިއާ އޮފިޝަލަކު މީޑިއާއާއި ވާހަކަ ދައްކަމުން ބުންޏެވެ.

2022 ވަނަ އަހަރު މަޖީދީމަގު މަރާމާތުކުރުމަށްފަހު، މަގުގެ ދެފަރާތުގައިވެސް އުޅަނދު ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މަގުގެ ބައެއް ހިސާބުތަކުގައި އުޅަނދު ޕާކުކުރުން ވަނީ އަނެއްކާވެސް އާންމު ކަމަކަށްވެފައެވެ.

މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ފުލުހުން ވަނީ އާންމުންނަށް ޕާކިން ޒޯންތަކުގައި އުޅަނދުފަހަރު ޕާކުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އަދި މަޖީދީމަގުގައި އުޅަނދު ޕާކުކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކާއި ޖޫރިމަނާތަކުން ސަލާމަތްވުމަށް، ކަނޑައެޅިފައިވާ ޕާކިން ސަރަހައްދުތައް ބޭނުންކުރުމަށް އާންމުންނަށް ފުލުހުން އިރުޝާދު ދީފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ